English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާއަށް އެހީވުމަށް އެއް ލައްކަ ޑޮލަރު ފޮނުވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުން ގާޒާގެ އަހުންނާ އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތްތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ދިވެހިރައްޔިތުންގެ ގއުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވެއެވެ. ޒަކާތު ފަންޑުން ފުރަތަމަ މަރުޙަލާގައި ފޮނުވަން ގަސްތުކުރަނީ 1 ލައްކަ ޑޮލަރެވެ. މި ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހައިގެން، މި ފައިސާއަކީ ގާޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެވެ.