English Edition
Dhivehi Edition

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ފުވައްމުލައް ސިޓީ އިން ‘ރޯދަ ބާޒާރުގެ’ ނަމުގައި ބާޒާރެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކުމުގެ ފުރުސަތު ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބާޒާރެއްކަމުގައެވެ.

މި ރޯދަ ބާޒާރު ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގައި ދަނޑުބިންތަކުގަ އާއި ގޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެއްތަނަކުން ފަސޭހައިން ވިއްކޭނެ މަގު ފަހިކޮށް ދިނުންކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ،.

މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ އޮންލައިންކޮށް ފޯމު ފުރައިގެން އަދި ވައިބާއަށް މައުލޫމާތު ފޮނުވައިގެން ވެސް ބައިވެރިވެވޭނެއެވެ.

May be an image of fruit and text

ފުވައްމުލައް ސިޓީއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ސިޓީއަކަށްވާއިރު އެ ސިޓީއިން ރޯދަ އާއި ދިމާކޮށް ގިނަ ބާވަތެއްގެ ތަރުކާރީ އާއި މޭވާ ބާޒާރަށް ނެރޭކަން ފާހަގަކޮށްލެވެއެވެ.