English Edition
Dhivehi Edition
މޭޔަރ ޢަލީ ނިޒާރު/ ފޮޓޯ އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މޭޔަރު ނިޒާރު ކޮވިޑަށް ޕޮޒިޓިވްވީ މިއަދު ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވިއިރު، އެމަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ބޫސްޓާ ޑޯޒްވެސް ޖައްސަވާފައެވެ.

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އެ ސިޓީގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 722 އަށް އަރާފައެވެެ. އައްޑޫ ސިޓީ އިން ކޮވިޑްޖެހިގެން 15 މީހުން ނިޔާވެފައިވާއިރު، އެ ސިޓީގައި މި ވަގުތު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.