English Edition
Dhivehi Edition
އެމްޑީޕީގެ ޖަލްސާއެއްގައި އަލީނިޒާރު ވާހަކަ ދައްކަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ އެއްވެސް ލޯނެއްގެ ފައިސާއެއް މިހާރު ނޯންނާނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ،

އަލީ ނިޒާރު ނަގާފައިވަނީ 1،248،000 ރުފިޔާގެ ލޯނެކެވެ. އަލީ ނިޒާރު ނަގަފައިވާ ލޯނަށްވާ ފައިސާ އެއްބަސްވުމާއި އެއްގޮތަށް ދައްކާފައި ނުވާތީ ބީއެމްއެލް އިން ވަނީ އޭނާ އާއި ދެކޮޅަށް ދައުވާކޮށްފައެވެ.

މި ގޮތުން އެ ދައުވާގައިވަނީ ލޯނުގެ ބާކީ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ ފައިސާގެ އިތުރުން ސާވިސް ޗާޖު އެކީ އެއް ފަހަރަކާ ނަގާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ދުވަސްވަރު ބީއެމްއެލް އިން ނެގި ލޯނަށް މިހާރު ފައިސާ ދައްކާ ހަލާސްކޮށްފައިވާއިރު ބީއެމްއެލް އިން ކުރި ދައުވާ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.