English Edition
Dhivehi Edition

ރާއްޖޭގައި އެންމެ ފަހުން ޑޮމެސްޓިކް ދަތުރުތައް ފެށި މަންޓާ އެއާލައިނުން އައްޑޫ ސިޓީ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނުމާ އެކު މިމަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް މަންޓާ އިން އަންނަނީ ތައްޔާރުވަމުންނެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބުމާއެކު މި ދޭތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު އިއުލާންކުރަން ނިންމާފައިވާއިރު، އައްޑޫ އަށް މަންޓާގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އައްޑޫގެ ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

މަންޓާ އިން ހުޅުލެއިން އައްޑޫ އަށް ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނައިރު، އައްޑޫ އަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަަނަވަސް ބޯޓު ތަކެކެވެ.

މަންޓާ އެއާ އަކީ ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ރިއޯލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ ޖޭވީ އެކެވެ.