English Edition
Dhivehi Edition

މަންތާ އެއަރ ގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވާ، ޚިދުމަތް ފުޅާކޮށްފިއެވެ.

އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްދޭ އެއަރލައިން މަންތާ އެއަރގެ އޮފީހެއް ހުޅުވީ އެސިޓީގެ ހިތާދޫގައެވެ. މި އޮފީސް ހުޅުވުމާއި އެކީ މަންތާ އެއާއިން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އޮފީހަށް ގޮސްގެންނާއި އޮންލައިންކޮށް ވެސް ޓިކެޓު ނެގޭނެއެވެ.

މަންތާ އެއަރ އިން ވަނީ މިމަހުގެ 26 ގެ ނިޔަލަށް “މަންތާ އައްޑޫ ޕްރޮމޯ” ގެ ނަމުގައި ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެ ޕްރޮމޯޝަންގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. އަދި ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ.

މީގެ އިތުރުން 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނެސް) ކްލާހުގައި 1،850ރ. އަށް ދަތުރުކުރެވޭނެއެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.

ހަފްތާގެ ކޮންމެ ދުވަހަކު އައްޑޫއަށް ދަތުރުތައް ކުރުމަށް މަންތާއިން މިހާރު ނިންމާފައި އޮތްނަމަވެސް ޑިމާންޑް އޮންނަ ވަރަކަށް ބަލައި ދަތުރުތައް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫގެ އިތުރުން މަންތާ އެއަރ އިން އަންނަނީ ބ. ދަރަވަންދޫއަށް ވެސް ދަތުރުތައް ކުރަމުންނެވެ.