މިއަދު ހެދުނު ވެއްޓުނު މަންޓަރ އެއަރ ގެ ސީޕްލޭންއިން ދަތުރުކުރި ދެމީހަކަށް އަނިޔާވި ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއްޖެއެވެ.
މިހާދިސާގައި އެކެއްގެ ކޮނޑުހުޅު ނެއްޓި އިތުރު މީހެއްގެ ކޮނޑަށް ވަނީ އަނިޔާވެފައެވެ. އަނިޔާވީ ކްރޫންނަށް ކަމެއް ނުވަތަ ފަތުރުވެރިންނަށް ކަމެއް އަދި ރަސްމީ އިދާރާއަކުން ސާފުކޮށްދީފައިނުވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވިދާޅުވާ ގޮތުގައި މިއެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށާއި، އެކްސިޑެންޓާ ގުޅޭ ތަހުގީގު މިހާރު ކުރިއަށްދާކަމަށެވެ.
މަންޓާ އެއާ އިން ނެރުނު ބަޔާނުގައި ބުނާގޮތުން ސީޕްލޭން ވެއްޓުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ރަންވޭގައި ޖައްސަން އުޅެނިކޮށެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ އާއިލާތަކަށް އަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިހާދިސާ ހިގި ގޮތުގެ އެއްވެސް މައުލޫމާތެއް ބަޔާނުގައި ހާމަކޮށްފައިނުވެއެވެ.