English Edition
Dhivehi Edition

މަހަށް ނިކުމެ އުޅެނިކޮށް ރޭ ބަންޑުން ޖަހާލި ލޯންޗުން ގެއްލިފައިވާ ހިތަދޫ އާބިން، މުޙައްމަދު ސުމެއިދުގެ ފޯނު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި އުމުރުން 27 އަހަރުގެ ސުމޭދުގެ ފޯނު ފެނުނީ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް ކައިރިންނެވެ. ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު ސުމައިދު ހޯދުމުގެ މަސައްކަތް ރޭއްސުރެން ކުރަމުން ދާއިރު ، ފަތާފައި ގޮސް ކައިރީގައި އޮތް ފަޅުރަށަކަށް އަރައިގެން ސަލާމަތްވީ ފޭދުއަށް ނިސްބަތްވާ ހުސެއިން ސައީދު އާއި އަހުމަދު ނާއިފެވެ. މިއަދު ހެނދުނު 7:30 އިން ފެށިގެން އެމްއެންޑިއެފްގެ ހެލިކޮޕްޓަރުގައި އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުންދާއިރު ކޯސްޓްގާޑްގެ ޑައިވިން ޓީމާއި ކޯސްޓްގާޑްގެ ހާބާ ކްރާފްޓް 108 އަދި ހަކުރާ ލޯންޗް ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މަހަށް ނިކުމެ އުޅުނު ލޯންޗު ސ. ގަން ކަނޑުތެރެއަށް ބަންޑުންޖަހާލާފައިވަނީ ރޭ 8:30 ހާއިރު އެވެ. އައްޑޫ ގަން ކަނޑަށް ލޯންޗް ބަންޑުން ޖަހާލީ ފަހަތުން ނެގި ބޮޑު ރާޅެއްގައި ކަމަށް، ސަލާމަތްވި އެކަކު ވަނީ ބުނެފައެވެ.