English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްޓަކައި އާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަމާ ގުޅޭ ޚާއްސަ ބިލެއް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި، އެ ބިލު މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ބޮޑެތި ކުށްތައް ކުރާ މީހުން ނުހައްގުން ހޯދާ މުދާ އެމީހުންގެ ކިބައިން އަތުލައިގަތުމެވެ. އަދި އެފަދަ މުދަލުން އިތުރަށް މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފުކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި މިހާރު ދިމާވާ ގާނޫނީ ހުރަސްތަކަށް ވެސް މި ބިލުގެ ޒަރިއްޔާއިން ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި އާ ގާނޫނީ އޮނިގަނޑު ވުᴊޫދަށް އައުމުން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވުމަށް މަގުފަހިވެގެންދާނެއެވެ.