English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ކޮވިޑް19 އާއި ގުޅިގެން އަމަލުކުރަމުން ދިޔަ އުސޫލު ބަދަލުކޮށް، ގޭގެއަށް ގޮސް ސާމްޕަލް ނެގައިދިނުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ހެލްޔު ޕްރޮޓެކްޝަން އެޖެންސީ އިން 1 ފެބްރުއަރީ 2022 ވަނަ ދުވަހު ނެރުނު އިއުލާނާއި ހަވާލާދީ ފުވައްމުލައް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ޕޮޒިޓިވްވާ މީހުން ރިލީޒްކުރުމާއި ސާމްޕަލް ނެގުމުގައި އަމަލު ކުރަމުން އައި އުސޫލު ބަދަލުކޮށްފައިވާކަމަށެވެ.

މި ގޮތުން ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލް ނެގުމާއި، ރިލީޒް ސާމްޕަލް ނެގުމާއި، ރެންޑަމް ސާމްޕަލް ނެގުމާއި އެކްޓިވް ސަވައިލެންސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން ފެށިގެނ ް18:00 އާއި ހަމައަށް ހޮސްޕިޓަލްގެ ކުރީގެ އިމާރާތުގައި ކަމަށެވެ.

މީގެ އިތުރުން ޕޮޒިޓިވްވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ސާމަޕަލް ނެގި ދުވަހުން ފެށިގެން 8 ވަނައަށްވާ ދުވަހު ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުން ދޫކޮށްލާނެކަމަށެވެ. އަދި އަލާމާތް ހުންނަ ފަރާތްތައް ކަރަންޓީން ނިމޭނީ ބަލީގެ އެއްވެސް އަލާމާތެއް ނެތި 24 ގަޑިއިރު ހަމަވުމުން ކަމަށެވެ. އަދި ނެގެޓިވް ނަތީޖާ އޮފީސް އަދި ސްކޫލްތަކަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް ނުކުތުމުގެ ކުރިން އެންޓިޖެން ޓެސްޓު ހެދުމަށް 7930188 އަށް ގުޅައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހޮސޕިޓަލުން ވަނީ އެދިފައެވެ.