English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ކޮވިޑް 19 އިން ދިފާއުވުމަށް, ފުވައްމުލައް ސިޓީގެ 1354 މީހަކު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާކަމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ބުނެފިއެވެ،

ފުވައްމުލައް ސިޓީ ކައުންސިލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މި ދިޔަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެ ސިޓީގެ 1354 މީހަކު ވަނީ ބޫސްޓާ ޑޯސް ޖަހާފައެވެ. އަދި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 7461 މީހުން ޖަހާފައިވާއިރު، 6962 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް19ގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ ޖެނުވަރީ މަހުގެ 22 ވަނަ ދުވަހުއެވެ،ފުވައްމުލައް ސިޓީގައި ބޫސްޓާ ޑޯޒް ޖެހުން ކުރިއަށް ދަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 1:30 އިން 3:30 އަށް ހޮސްޕިޓަލުގެ ކުރީގެ އިމާރާތް (ޕަބްލިކް ހެލްތް ޔުނިޓު ހުންނަ އިމާރާތުގައެވެ.

އެޗްޕީއޭ އިންކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިންޖަހާއިރު،. ބޫސްޓަ ޑޯޒް ޖަހަނީ ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހިތާ 6 މަސް ވެފައިވާ ފަރާތްތަކަށެވެ.