English Edition
Dhivehi Edition
ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީއާއި ވީޓީވީ ގުޅިގެން ބިދޭސީން، ދިވެހިބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ދިވެހިބަހުގެ އެކެޑަމީގައި އޮތް ރަސްމިއްޔާތެއްގައި ވަނީ މި މުބާރާތުގެ އެއްބަސްވުން ރަމްޒުކޮށްދޭ ލިޔުމާއި މުބާރާތުގެ ގަވާއިދު ހަވާލުކޮށްފައެވެ. މި އަހަރު ރަމްޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ބިދޭސީންނަށް ވަނީ ހުޅުވާލާފައެވެ.

ބޭރު މީހުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މުބާރާތުން، އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ތިން ވަނަ އަށް ދާ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ،.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަންވަރު އިބްރާހިމާއި އައިމިނަތު ހަސަންއެވެ.