English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި، ގެއްލުވާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާ ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމަށް މީހުކު އައްޔަން ކުރުމުގައި ބަލާނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހެއް ކަމުގައިވުން ނުވަތަ މި މަގާމަށް ޝަރުތު ހަމަވުމަށް އެފަދަ މަގާމަކާ ގުޅޭ ދާއިރާއަކުން ހައަހަރު ދުވަހުގެ ތަޖުރިބާ ހުންނަން މީހަކަށް ވުން ކަމަށެވެ. މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ މީހަކީ އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދެއްކުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށް ވާންޖެހެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ 2 ފެބްރުއަރީ 2022 ވަނަ ދުވަހެވެ،

ރައީސް އޮފީހުން ބުނެފައިވަނީ ރިސާޗު އޮފިސަރުގެ މަގާމުގެ މުސާރައަކީ 6،295 ރުފިޔާ އެވެ، އަދި އެ މަގާމަށް ސާވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު އިތުރުން ހާއްސަ އެލަވެންސްގެ ގޮތުގައި 2،832 ދިނުމަށް ވަނީ ނިންމާފައެވެ،

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ.