English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ގެ ޓީމުން ވިދާޅުވީ އޮގަސްޓްމަހުގެ ތިން ވަނަ ދުވަހު މަރުކޮމިޝަނަށް ހާޒިރުވުމަށް އެ މަނިކުފާނަށް އަންގާފައިވާކަމަށެވެ. ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައާއި ގުޅިގެންނެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވުމަށް އެންގުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިޟްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ.