English Edition
Dhivehi Edition
މާފުށީ ޖަލު/ފޮޓޯ މިހާރު

މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ބައެއް ގައިދީން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ހައިރިސްކު ބައެއް ގައިދީން ގެއަށް ބަދަލުކޮށްފައިވާ ކަމަށާއި އިތުރު ގައިދީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ،

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ކަރެކްޝަނުން ހާމަކޮށްފައިނުވާއިރު، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ގެއަށް ބަދަލުކުރި ގައިދީންގެ އަދަދު ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ވެސް މިިވަގުތު ހިއްސާކުރެވެން ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ޖަލުގައި ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ،