English Edition
Dhivehi Edition
ކ.މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުން

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

އެ ރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުމާ ގުޅިގެން، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމާ ބެހޭގޮތުން މާފުށި ކައުންސިލާއެކު މިއަދު ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަނީ މަޝްވަރާކުރައްވާކަމަށް އެންއެންޑީއެފް އިން މިއަދު ބުންޏެވެ.

“މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވި,” -އެމްއެންޑީއެފް-

ކ.މާފުށްޓަކީ މާލެ ސިޓީ ފިޔަވައި ކ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ. މިޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު އިތުރު ރަށްރަށަށް ކުރިމަގުގައި ދިނުމަށްވެސް ވަނީ ޕްލޭން ކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.