English Edition
Dhivehi Edition
މާފުށީގައި ހިންގި މާރާމާރީގައި އަނިޔާވި މީހާ ފޮޓޯ: ސޯޝަލްމީޑިއާ

ކ. މާފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މާފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާދެމުންދާ ކަމުގެ ރިޕޯޓު ރޭ ފަތިހު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި 34 އަހަރުގެ ފިރިހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިއަދު އެ ރަށުގައި އިތުރު މާރާމާރީއެއް ވެސް ހިންގާފައިވާ ކަމަށެވެ. އަދި އެ މާރާމާރީއާ ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ރޭ ފަތިހު ހިންގި މާރާމާރީގައިވެސް ބައިވެރިވި ދެމީހުން ކަން މިހާތަނަށް ހޯދި ހޯދުން ތަކުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު