English Edition
Dhivehi Edition
އެމްއެމްއާރު ވެކްސިން ފުޅިއެއް - ފޮޓޯ: އައިބީޓައިމްސް

އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެކްސިންގެ ދެ ލައްކަ ޑޯޒު ހަދިޔާ ކޮށްފިއެވެ.

އެމެރިކާގެ އެމްބަސީން ބުނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 210،600 ޑޯޒު ކަމަށެވެ. އެމެރިކާ އެމްބަސީން ބުނެފައިވަނީ ކޮވިޑް ބަލިމަޑުކަން ނިމުމަކަށް ގެނައުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމު ދެމިއޮންނާ ކަމަށެވެ.

މި ވައިރަހާ ދެކޮޅަށް ގުޅިގެން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކޮށް އެމްބަސީން ބުނީ އެމެރިކާގެ ފަރާތުން ދަނީ 120 ގައުމަކާ ގުޅިގެން، ރާއްޖެވެސް ހިމެނޭ ގޮތަށް، ވެކްސިން ފޯރުކޮށްދީ މި ބަލިމަޑުކަމުގެ އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.

ކޮވިޑް19 ގެ ބަލި މަޑުކަމުން ސަލާމަތްވުމަށް އެމެރިކާއިން ގިނަ ގައުމުތަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެންނެވެ. މި ގޮތުން އެގައުމުން ވަނީ މީގެ ކުރިން ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ ކުއްލި ހާލަތުގައި ބޭނުން ކުރާ ވަސީލަތްތަކާއި ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދީފައެވެ.