އެމެރިކާގެ ރައީސް ޖޯ ބައިޑްން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ބައިޑްންގެ ޕްރެސް ސެކްރެޓަރީ ހާމަކޮށްފައިވާ ގޮތުގައި ބައިޑްން ވަނީ ކޮވިޑް ވެކްސިންއާއި ބޫސްޓަރ ޑޯޒް ވެސް ޖައްސަވާފައެވެ.
ބައިޑްންގެ ޕްރެސް ސެކްރެޓަރީ ޖޮން ޕިއެރ ހާމަ ކުރެއްވި ގޮތުގައި ރައީސް ބައިޑްން އެކަހެރިކޮށް ހުންނަވާނީ ޑެލަވެއަރ ގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައެވެ. އެކަހެރިކޮށް ހުންނަވާ ދަނޑިވަޅުގައިވެސް ހުރިހާ ޒިންމާ ތަކެއް ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށް ޕްރެސް ސެކްރެޓަރީ ހާމަ ކުރެއްވިއެވެ.
އުމުރުފުޅުން 81 އަހަރުގެ ބައިޑްން ވަނީ ކޮވިޑަށް ފައްސިވީ ދުވަހުވެސް ލަސް ވެގާސްގައި އޮތް ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް މިބައްޔަށް ފައްސި ވިކަން އެނގުމަށްފަހު ފަހަށް ރޭވިފައިވާ އެހެން ކެމްޕޭން އިވެންޓްތައް ވަނީ ކެންސަލް ކޮށްފައެވެ.
ރައީސްގެ އާލާސްކަންފުޅާ ބެހޭގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ވިދާޅުވީ ބައިޑަން ކޮވިޑަށް ފައްސިވީ ލަސް ވެގަސްގައި އޭނާ ހުންނަވަނިކޮށް ކަމަށާއި
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައި ބޫސްޓް ދީފައިވާކަމަށެވެ. އަދި މިހާރު ރައީސް ބައިޑެންގެ ފަރާތުން ފެންނަނީ ބަލީގެ ކުދި އަލާމާތްތަކެއް ކަމަށް ޖީން ވިދާޅުވިއެވެ. ވައިޓް ހައުސްއިން އާންމުކުރި ބައިޑަންގެ ޑޮކްޓަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިޑަން ކޮވިޑަށް ޓެސްޓު ކުރީ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތްތައް ފެނުމުން ކަމަށެވެ. ބައިޑްން މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މިބައްޔަށް ފައްސި ވެފައިވެއެވެ.
ޖޯ ބައިޑްން ކޮވިޑަށް ފައްސި ވި ޚަބަރު ފެތުރިގެން ދިޔަ މި ދަނޑިވަޅަކީ އެމަނިކުފާނުގެ ދޮށީ އުމުރުފުޅުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފިޓް ނޫން ކަމަށްބުނެ ބައިޑްން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އިސްފަރާތްތަކުން އޭނާ ރިޔާސީ ރޭހުން ދުރަށް ވަޑައިގަތުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.