ކުރީގެ ރައީސް އަބްދުﷲ ޔާމީނު އްބްދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ.
މިއަދު ބާއްވާ އަޑުއެހުމަކީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުމެކެވެ، އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ،
ކްރިމިނަލް ކޯޓުގައި ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:30 ގަ އެވެ.
މިނިސްޓަރު މަހްލޫފްގެ ޝަރީއަތް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮވިޑް-19 ގެ ހާލަަތު ރަނގަޅުވުމުން ކަމަށް އިއްޔެ ކޯޓުން ބުނެފައިވާއިރު، މިއަދު ރައީސް ޔާމީންގެ ޝަރީއަތް ބާއްވާތީ ގިނަ ބަޔަކު އަންނަނީ ޖުޑިޝަރީއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި ގޮތުން އެއް ކަހަލަ މައްސަލައެއްގައި ހިމެނޭ ދެމީހެއްގެ ޝަރީއަތް ދެ ގޮތަށް ކުރިއަށް ގެންދަނީ ސަރުކާރުގެ ނުފޫޒާއެކުގައި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ގޮވާލާފައެވެ.