English Edition
Dhivehi Edition
ޑރ.އަލީ މުޒްނީ

ރާއްޖޭގެ ކަށީގެ ބަލިތަކަށް ހާއްސަ ޑރ. އަލީ މުޒްނީ އާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް ޑރ. އަލީ މުޒްނީ ދޮގުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކާއި ގުޅިގެން މިރޭ އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ އެ ދޮގު ތުހުމަތުތައް ކުރި ފަރާތާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމާފައިވާކަމަށެވެ.

ޑރ.މުޒްނީއަކީ ދިވެހިރާއްޖޭގައި ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ ތައާރަފުކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޑޮކްޓަރެކެވެ. ހާތަނަށް 2,000 އަށްވުރެ ގިނަ ކަކުލާއި އުކުޅުވަޅުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރައްވާފައިވާ މުޒްނީ ވަނީ އައިޖީއެމްއެޗް ގެ އޯތޯޕީޑިކްސް ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަށް ވަޑައިގެން ބަލިމީހުން ބައްލަވަމުން ގެންދަވާ ޑރ.މުޒްނީ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. އަދި ރާއްޖޭގެ އަމިއްލަ ބައެއް ކްލިނިކްތަކުގައިވެސް މުޒްނީ ގެންދަވަނީ ބަލި މީހުން ބަލަމުންނެވެ.