English Edition
Dhivehi Edition

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި)ގެ ޖަނާޒާ މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑާޑިގެ މޫނު ދެއްކުން މާދަމާ 11:30 އިން ފެށިގެން ކުއަލަމްޕޫރްގައި ހުންނަ ކެބަންސާން ހޮސްޕިޓަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޑާޑިގެ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު އެ ހޮސްޕިޓަލުގައެވެ.

މެލޭޝިއާގައި ދިރިއުޅުނު އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ، މި މަހުގެ 23 ވަނަ ދުވަހު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

ޑާޑި ނިޔާވި އިރު، އޭނާ އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި އަދި މިހާރު ދުނިޔޭގެ މަޝްހޫރުކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ “ލޮޓީފައިލްސް” ގެ ޕްރޮޑަކްޓް ލީޑް އެވެ.