English Edition
Dhivehi Edition

މިދިޔަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އެ އަހަރު އެ ކޯޓުގައި ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2021ވަނަ އަހަރު އެ ކޯޓުގައި 2،399 ކައިވެނި ވަނީ ކޮށްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި 1،192 މީހަކު ވަނީ ވަރިވެފައެވެ.

މިދިޔަ އަހަރު 2،400 އަށް ވުރެ ގިނަ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅާފައިވާއިރު 2020 ވަނަ އަހަރުގެ މައްސަލަތައް ހިމެނޭ ގޮތުން 2،615 މައްސަލައެއް ހައި ކޯޓުން ވަނީ ބަލާ ނިންމާފައެވެ. 2021 ވަނަ އަހަރު ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޯޓުން ނަގައިދިީފައިވެއެވެ. އަދި އިއްދައިގެ ހަރަދުގެ ގޮތުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވެއެވެ.

ރާއްޖެ އިން ބޭރުގައި ކުރި ކައިވެނިތަކުގެ ތެރެއިން 2020ވަނަ އަހަރު ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކައިވެނިތަކާއެކު 2021 ވަނަ އަހަރު ނިމުނުއިރު 92 ކައިވެންޏެއް ރަޖިސްޓްރީކޮށްފައިވެއެވެ.