ފަށްކަނޑަށް ކައިވެނިކުރި ދެ މީހަކު ފެމިލީ ކޯޓުން ޖޫރިމަނާ ކޮށްފިއެވެ.
ފެމިލީ ކޯޓުން ބުނީ ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައެއްގައި ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ދެފަރާތްވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މި ގޮތުން ކޮންމެ ފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.
އާއިލާއާބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އެ ދެމީހުން ޖޫރިމަނާކޮށްފައިވާއިރު މި މައްސަލައިގައި ކޯޓުން ރިއާޔަތްކޮށްފައިވަނީ މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިން ފަށްވެފައި ވަނިކޮށް ކައިވެނި ކޮށްފައި ވުމެވެ. އަދި ކާވެނީގެ އަގްދުވުމުގެ ކުރިންނާއި އޭގެ ފަހުން ދެ ފަރާތުން އަމަލު ކޮށްފައިވާ ގޮތަށާއި ކާވެނީގެ އަގްދުގެ މަތީގައި ހޭދަ ކޮށްފައިވާ ވަގުތަށެވެ. މީގެ އިތުރުން ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށެވެ.
ފެމިލީ ކޯޓުން ބުނީ އަދަބު ކަނޑައަޅާފައި ވަނީ ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައި ވާކަން އެނގޭތީކަމަށެވެ.
ތިންފަށް ވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި މީހަކު ބުނެގެން ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެކެވެ،