English Edition
Dhivehi Edition
ފެމެލީ ކޯޓު

މާލޭގައި މިދިޔަ މެއި މަހު އެކަނިވެސް 132 ވަރިވެފައިވާ ކަަމަށާ ވަރިއާ ގުޅޭ އިތުރު 129 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތްކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މާލޭގައި ވަނީ 185 ކައިވެނި ވަނީ ކޮށްފައެވެ.

ކުރީ މަހުގެ ބާކީހުރި މައްސަލަތަކާއި އެކު މެއި މަހު ނިންމި ވަރީގެ މައްސަލަތައް 172 އަށް އަރާއިރު މެއި މަހު ވަރި ސާބިތުކުރުމަށް 56 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 75 މައްސަލައެއް ނިންމާފައިވާއިރު މަސް ނިމުނުއިރު، 20 މައްސަލައެއް ނުނިމި އެބަ އޮތެެވެ. މީގެ އިތުރުން ވަރިއާ މެދު ޝައްކުވެގެން މިދިޔަ މަހު އެއް މައްސަލައެއް ހުށަހެޅުނުއިރު، އެ މައްސަލަ ނިންމާފައެއް ނުވެއެވެ.

މިދިޔަ މަހު ވަރިވުމަށް އެދި 75 މައްސަލައެއް ހުށަހަޅާފައި ވާއިރު ކުރީ މަސްތަކުގެ 79 މައްސަލަ ހިމަނައިގެން އެބާވަތުގެ ޖުމްލަ 69 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. އަދި އެ މަސް ނިމުނުއިރު، 85 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ 10 މައްސަލައެއް މިދިޔަ މަހު ނިންމިއިރު ހަޟާނާތުގެ އެއް މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. ކުރީގެ މަހުގެ މައްސަލަތަކާއެކު ހަޟާނާތުގެ ތިން މައްސަލައެއް ނިންމާފައި ވާއިރު އަދި 10 މައްސަލައެއް ކޯޓުގައި ހިންގަމުން ދެއެވެ.