English Edition
Dhivehi Edition
ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ: ފޮޓޯ ހެލްތު މިނިސްޓްރީ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޖުމްލަ 2،707 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ،

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ހިސާބުތަކުގައިވާ ގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭގައި 7،681 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ، މީގެ ތެރެއިން މާލެ ސަރަހައްދުން 4،273 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު މީގެ ތެރެއިން ކޮންމެ 100 އިން 33 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މިއީ އޮމިކްރޮން ފެނުނު ފަހުން އެއް ދުވަހަކު އެންމެ ގިނަ މީހުން ޓެސްޓްކުރި ފުރަތަމަ ދުވަހެވެ.

Image

އާ ކޭސްތަކާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،721 އަށް އަރާފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 52ކަށް އަރާފައެވެ،

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 104،164 މީހުން ބަލިން ފަސޭހަވެފައިވާއިރު 270 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.