English Edition
Dhivehi Edition

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދު ފިޔަވައި އެކްޓިވް ކޭސް އެންމެ ގިނަ ރަށްތަކުގެ ލިސްޓުގައި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ތިން އަވަށެށްވަނީ ހިމެނިފައެވެ.

އައްޑޫ ސިޓީ އިން އޮމިކްރޮން ވެރިއަންޓް ވެސް ފެނިފައިވާއިރު، އައްޑޫ ސިޓީގައި އެންމެ އެކްޓިވް ކޭސްތައް ގިނަ އަވަށްތަކުގެ ތެރޭގައި ހިތަދޫ ފޭދޫގެ އިތުރުން ހުޅުމީދޫ ހިމެނެއެވެ.

މި ގޮތުން ހުޅުމީދޫގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 166 ކަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 164 ދިވެހިންނާއި ދެ ބިދޭސީންނެވެ. ފޭދޫގެ ޖުމްލަ ކޭސްތަކުގެ އަދަދު 156އަަކަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 152 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މީގެ އިތުރުން ހިތަދޫގައި 244 ދިވެހިންނާއެކު 31 ބިދޭސީންނާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 275 ކަށް އަރާފައެވެ،

ފުވައްމުލަލައް ސިޓީގެ ޖުމްލަ 203 އެކްޓިވް ކޭސް ހިމެނޭ އިރު އޭގެ ތެރޭގައި 192 ދިވެހިންނާއި 11 ބިދޭސީން ހިމެނެއެވެ.

އޮމިކްރޮން ވެރިއަންޓް ފެތުރެން ފެށި ފަހުން، ރާއްޖޭގައި ވަނީ ކޮވިޑްގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ.