English Edition
Dhivehi Edition

ރަށުން ބޭރުގައި އުޅެފައި ރަށަށް އަންނަ ފަރާތްތަކުން ރަށަށް އެރުމުގެ ކުރިން އެފަރާތެއް ރަށަށް އަންނަކަން އެންގުމަށް ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ އިން އެދިއްޖެއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަށުން ބޭރުގައި އުޅެފައި ރަށަށް އަންނަ ފަރާތްތަކުން ރަށަށް އެރުމުގެ ކުރިން އެފަރާތެއް ރަށަށް އަންނަކަން، ފޯނުން ގުޅައި އަންގައި ދިނުމަށް އެދޭކަމަށެވެ. އަދި ރަށުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުންވެސް، ރަށަށް އަންނަ ފަރާތްތަކުގެ މަޢުލޫމާތު ފޯނުން ގުޅުއި ހިއްސާކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މިކަމަކީ ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް އެރަށުން ބަޔަކު ފައްސިވުމާއި ގުޅިގެން އަދި ރަށް މޮނިޓަރިންގ އަށް ލުމާއި ގުޅިގެން، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އަޅާ ފިޔަވަޅެއްކަމުގައި އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ،

ކައުންސިލުން އެންގޭ މިފަދަ އެންގުންތަކަކީ ރަށުފެންވަރުގައި ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތަކަށް ވާތީ، މިއަދުން ފެށިގެން ރަށުން ބޭރުގައި (ރާއްޖެއިން ބޭރުގައި، އެކި ރިސޯޓްތަކާއި، މާލެ އަދި އަތޮޅުތެރޭ ރަށްތަކުގައި) އުޅުމަށްފަހު ރަށަށް އަންނަ ފަރާތްތަކުން ރަށަށް އައުމުގެ ކުރިން ލަސްވެގެން 1 ގަޑިއިރުތެރޭގައި ކައުންސިލަރ، މުޙައްމަދު ޝިރާޢު ޒާހިރު ގެ މޮބައިލް ނަމްބަރު: 7332200 އަށް ފޯނުން ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ. އަދި ކައުންސިލުން ދެއްވާ އިރުޝާދުގެ މަތިން އެފަރާތްތަކުގެ ޢަމަލު ބެހެއްޓުމަށްވެސް ވަނީ އިލްތިމާޒުކޮށްފައެވެ.