English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫސިޓީގައި ކޮވިޑް-19 އާއި ގުޅޭ މަސައްކަތަށް ކުރުމަށް ގިނަ އަދަދެއްގެ ވޮލެންޓިއަރުން ހޯދަމަށް އިއުލާން ކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރުމަށް ރެޑިޕް ރެސްޕޯންސް ޓީމް ގެ ގޮތުގައި 08 ވޮލެންޓިއަރުން ބޭނުންވާކަމަށް ބުނެފައެވެ. މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮވިޑް އަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ފައްސިވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ އަދި ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް 04 ވޮލެންޓިއަރުން ބޭނުންވާއިރު، މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންޓެކްޓް ޓްރޭސިންގ އާއި އެކަމާއި ގުޅުން ހުރި އެހެނިހެން އިދާރީ މަސައްކަތްތައްކުރުމެވެ. މީގެ އިތުރުން މި ހޮސްޕިޓަލަށް އެމް.އެމް.އާރް.ޓީ ވޮލެންޓިއަރުންގެ ގޮތުގައި ތިން ވޮލެންޓިއަރުން ނެގުމަށް ހަމަޖެހިފައިވާއިރު މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޮބައިލް މެޑިކަލް ރެސްޕޯންސް ޓީމަށް ގުޅާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 03 ވެކްސިނޭޝަން ކޯޑިނޭޓަރުން ނެގުމަށް ހަމަޖެހިފައިވާއިރު މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮވިޑް ވެކްސިނޭޝަން މަސައްކަތުގެ އިދާރީ މަސައްކަތްތައް ކުރުމެވެ. މީގެ އިތުރުން އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 07 އެޓެންޑެންޓް (ޕޭޝަންޓް ކެއަރ އެސިސްޓެންޓް) ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލަށް ޒިޔާރާތް ކުރާ ބަލިމީހުން ޓްރައޭޖްކުރުމަށް 02 ވޮލެންޓިއަރުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސ.މަރަދޫފޭދޫ ހެލްތު ސެންޓަރ، ފޭދޫ ހެލްތު ސެންޓަރ އަދި ހުޅުމީދޫ ހެލްތު ސެންޓަރ ގެ ރެޑިޕް ރެސްޕޯންސް ޓީމް އަށް ވޮލެންޓިއަރުން ބޭނުންވާކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ. މިއިން ކޮންމެ އަވަށަކު ތިން ވޮލެންޓިއަރުން ބޭނުންވާކަމަށް އިއުލާނުގައި ބުނެފައިވާއިރު، މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮވިޑް އަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ފައްސިވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ އަދި ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލާން ބޭނުންވާ މަޤާމު އަދި މަސައްކަތް ކުރަން ބޭނުންވާ ތަން ބަޔާންކޮށް ސިޓީއަކުން 03 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދިނުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ އެދިފައެވެ.
މި މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.