English Edition
Dhivehi Edition
ކޮވިޑް-19 ވެކްސިން ދިނުން ސ. އަތޮޅު މަދަރުސާގައި ކުރިއަށްދަނީ - ފޮޓޯ: ހުޅުމީދޫ ޞިއްޙީ މަރުކަޒު

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ބޫސްޓަ ޑޯޒް ނުޖަހާ ފަރާތްތައް 14 ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލެއް ހަދަން މަޝްވަރާ ކުރަން ފަށައިފި އެވެ.

މިއަދު ސަރުކާރުން މިކަމާއި ގުޅޭ މަޝްވަރާތައް ކުރަން ނިންމާފައިވަނީ، ރާއްޖޭގައި ބޫސްޓަ ޑޯޒް ޖަހަން ދާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަނީ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ވެފައިވާ ނަމަ އެވެ. ސަރުކާރުން ކަރަންޓީނުގައި ބައިތިއްބަން ބޭނުންވަނީ އެ މުއްދަތު ހަމަވުމުން ވެސް ބޫސްޓަ ޑޯޒް ނުޖަހާ މީހުންނެވެ.

ރާއްޖޭގައި ތިބި އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޫސްޓަ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 369،151 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ރާއްޖޭގައި މިހާތަނަށް 49،142 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.