English Edition
Dhivehi Edition

ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ ސާމްޕަލް ނެގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލައިފިއެވެ،

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ ސާމްޕަލް ނެގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލައިފައިވާކަމަށެވެ. އަދި ސާމްޕަލް ނަގާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޮއިންޓްތަކުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސާމްޕަލް ޕޮއިންޓްތައް ހާއްސަކުރެވިފައިވާނީ ރިލީސް ސާމްޕަލް، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށްކަމަށެވެ. މި ގޮތުން އައްޑޫގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ

  • ހިތަދޫ – ފްލޫ ކްލިނިކް [18:00 – 21:00]
  • މަރަދޫ، މަރަދޫފޭދޫ – ދަމަނަ ވެށި [14:00 – 18:00]
  • ފޭދޫ – ފޭދޫ ސިއްހީ މަރުކަޒު (ކުރީގެ އަވަށު އޮފީސް) [14:00 – 18:00]
  • ހުޅުމީދޫ – ހުޅުމީދޫ ފްލޫ ކްލިނިކް [09:00 – 11:00]

އައްޑޫ ސިޓީގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް އެ ސިޓީއިން ވަނީ 105 މީހުން ޕޮޒިޓިވްވެފައެވެ، އައްޑޫ ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 776 އަށް އަރާފައެވެ.