English Edition
Dhivehi Edition

އުންމީދުކުރާ ޖަމްޕު އަދިވެސް ނުޖެހޭ ކަމަށާއި, މިއަދު ލާ އެންމެ ވޯޓަކުންވެސް އެކަން ވާން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އުންމީދުކުރާ ޖަމްޕު ޖެހޭނީ އެމްޑީޕީ ވެރިކަމުގައި 10 އަހަރު އޮވެގެން ކަމަށެވެ،

މި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިންތިޒާމް ވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި, އަދިވެސް މިއެދެނީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ތަފާތު މަލުން ފޮނި ބޮވޭނެ ގޮތެއް ހޯދަން ވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އާމްދަނީ އިތުރުވެ ޖީބަށް ވަންނަ އެއްޗެއް މިއަދަށް ވުރެ ރަނގަޅުވުމަކީ އެދޭ އެދުމެއް ކަމަށެވެ. “އެކަމަށް އެންމެ ފަހުން ނިންމި ނިންމުމަކީ, އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިޔުން. އެކަމުން ފޯކައިދޫގެވެސް ގިނަ ރައްޔިތުން ތަކަަކަށް ހެޔޮ ބަދަލު އައިސްފައިވޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސަރުކާރުގައި އެންމެ މުހިންމު ބަދަލަކީ މަތީ ތައުލީމު ހިލޭ ލިބިގެންދިޔުން ކަމަށާއި، މިއަދު ފޯކައިދޫގެ 54 ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން ދާކަން ފާހަގަކުރައްވާފައެވެ.