އައްޑޫ ސިޓީގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 671 ކަށް އަރައިފިއެވެ.
ދެ ދުވަސް ފަހުން މިރޭ އައްޑޫ އިމެޖެންސީ އޮޕްރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު އެކަނިވެސް އެ ސިޓީއިން ވަނީ 69 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ،
އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 275ކަށް އަރާފައިވާއިރު ފޭދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 156 ކަށް އަރާފައެވެ. މީދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 111 އަށް އަރާފައިވާއިރު ހުޅުދޫ އިން ވަނީ ޖުމްލަ 56 މީހަކު ޕޮޒިޓިވްވެފައެވެ. މަރަދޫ އިން ޖުމްލަ 29 މީހަކު ޕޮޒިޓިވްވެފައިވާއިރު މަރަދޫފޭދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 26 އަށް އަރާފައެވެ. އައްޑޫ ސިޓީގައި ހިންގާ ރިސޯޓުތަކުން ޖުމްލަ 17 މީހަކު ޕޮޒިޓިވްވި އިރު އެހެނިހެންގައި 2 މީހަކު ޕޮޒިޓިވްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްޖެހިގެން ފެސިލިޓީގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު 2ކަށް އަރާފައިވާއިރު އެ ސިޓީ އިން މި ބަލީގައި ޖުމްލަ 14 މީހަކު ވަނީ މަރުވެފައެވެ.
އައްޑޫ ސިޓީ އިން މިހާތަނަށް ޖުމްލަ 3900 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 3214 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.