English Edition
Dhivehi Edition

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސައިން ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ދާއިރާގެ ގޮނޑި ނުދެވޭނެ ކަމަށް, ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް ހުސައިން ރާޝިދު ވިދާޅުވެއްޖެއެވެ.

ފޯކައިދޫގައި ކުރިއަށްދާ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ އެމްޑީޕީން ބައި އިލެޝަންގައި މިކުރާ މަސައްކަތަކީ, ދާއިރާގެ ކުރީގެ މެމްބަރު ތާއީދު ކުރެއްވި ސިޔާސަތުތައް ކުރިއަށް ގެންދިޔުން ކުރައްވާ މަސައްކަތްކަމަށާއި އަދި ދެމި ހުންނަވާނީ, މަރުހޫމް ވަހީދުގެ ނަސޭހަތްޕުޅުގައި ހިފައިގެންކަމަށެވެ. މަރުހޫމް ހުސެއިން ވަހީދު ކަހަލަ ނަމޫނާ އެމްޕީއަކަށް ވެދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރާޝިދު ވަނީ މަސައްކަތް ކުރަންވާނީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާޝިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ރައްޔިތުންގެ އަޑުއަހާ ހަމައެކަނި ޕާޓީކަމަށާއި އިންތިހާބަށް ނުކުމެވަޑައިގަތީ, ރައްޔިތުންނަށް މަންފާ ހޯދައި ދިނުމަށް އަތުކުރި އޮޅާލައިގެންކަމަށެވެ،

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފަޑުވިދާޅުވަމުން ރާޝިދު ވިދާޅުވީ, ބޭނުންވަނީ ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކުގައި އިދިކޮޅު ބަލި ކުރަން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިން ބައެއް ނޫން ކަމަށާއި, އެފަދަ ވިސްނުމެއްވެސް އިދިކޮޅުގައި ނެތް ކަމަށް ރާޝިދު ވަނީ ވިދާޅުވެފައެވެ.