English Edition
Dhivehi Edition
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (މުހައްމަދު ޝަކީލް)

އިދިކޮޅު ކޯލިޝަނުން ‘ބުންވަރު’ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

މި ހިނގާލުން ބާއްވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. ޕީޕީއެމް އިން ބުނީ ހުކުރު ދުވަހު ބާއްވާ ހިނގާލުން މަޖީދީ މަގުގައި ބޭއްވުމަށް ފުލުހުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުން ވަނީ ޕީޕީއެމް އާއި ޕީއެންސީ އަދި ރައީސް ޔާމީނަށް ތާއިދުކުރާ ވިހާވެސް ގިނަ ބަޔަކު މި ހިނގާލުމުގައި ބައިވެރިވުމަށް އެދިފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތް ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކޮންމެ ރެއަކުވެސް މުޒާހަރާކުރަމުން އަންނައިރު އެ ފަރާތްތަކުން އަންނަނީ އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލަމުންނެވެ.