English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީން އަށް ކުރާ އަނިޔާ އަށް ކެތްނުކުރާނެކަމަށް ޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި “ހޯޕް ކޮންފަރެންސް” ނިންމުމަށް ބޭއްވި “ދުއްޕާން ޖަލްސާ”ގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ގައުމުގެ ރައްޔިތުންގެ އުންމީދާއި މި ގައުމުގެ މިނިވަންކަން ގުޅިފައިވަނީ ރައީސް ޔާމީން އާއި ކަމަށެވެ. އަދި އެ މަނިކުފާނަށް ކުރާ އަނިޔާއަށް ކެތްނުކުރާނެކަމަށެވެ. ” ފަނޑިޔާރުގެ ތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ދަންނަވާލަން އޮތީ ރައީސް ޔާމީން އަށް ކުރާ އަނިޔާ ފިނި ހިތަކުން ނުނަގާނަމޭ” ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީން ބޭރުން ދިވެހިރާއްޖޭގަ ހެދިފަހުރި ގާނޫނުތަކުގެ ބޭރުން ރައީސް ޔާމީން ގައިގަ އަތްލާނަމަ ގާނޫނު އަރާހަމަކުރާނެކަމަށެވެ. އިތުރަށް ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީން ކަން ދިވެހިރައްޔިތުންނަށް އަރުވާފައެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި އެ ޕާޓީން ވަނީ ރޭވެސް ތަކުރާރުކޮށްފައެވެ.

1 ކޮމެންޓް
މަރީ
ފެބުރުއަރީ 6, 2023
މި މައްހިވެނީ އިއްސަޝިޔައު ކޭމިހަކާހެން. ޔާމިނަކަސް ވައްކަން ކޮށްގެން ޖަލަށް ލީމަ އެކަމަށް ކަލއެއަސް ކެތްނުކުރެވެންޏާ ކަލޭވެސް ތަނެއް ފަޅާލަިގެން ޖަލަށް ދޭ. ވައްކަން ކޮށްގެން އެކަން ސާބިތުވެ ޖަލަށް ލީ ކަލެއަށް ކެއްކުރެވޭނެތީއެއްނުން ޖަލަށް ލީކި.