English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ މަގްބޫލު އަދި އެންމެ ލޯބިން އުޅޭ އެއް ޖޯޑުކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އަށް ދަރިއަކު ލިބިއްޖެއެވެ.

ހޮނިހިރު ދުވަހު، ޕްރިޔަންކާ އާއި ނިކް ނެރުނު ބަޔާނެއްގައި ދަރިއަކު ލިބުނުކަން އެ ދެމީހުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައި ވެއެވެ. އަދި އެމީހުންގެ ޒާތީ މިނިވަންކަމަށް އިހުތިރާމްކުރުމަށް ވެސް ދެމަފިރިން އެދިފައި ވެއެވެ. ޕްރިޔަންކާ އާއި ނިކް ދަރިއަކު ހޯދާފައިވަނީ ސަރަގޭޓް މަންމައެއްގެ ފަރާތުންނެވެ.

ދާދިފަހުން ވެނިޓީ ފެއާ މެގަޒިން އަށް ދިން އިންޓަވިއު އެއްގައިވެސް ޕްރިޔަންކާ އާއިލާއެއް ފަށަން ތައްޔާރުކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި މި ދެމީހުންނަށް ދަރިއަކު ލިބުނު ކަން އިއުލާންކުރުމާއެކު ބޮލީވުޑާއި ހޮލީވުޑްގެ ތަރިންގެ އިތުރުން ގިނަ ބަޔަކު އަންނަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.