English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ މަގްބޫލު އަދި އެންމެ ލޯބިން އުޅޭ އެއް ޖޯޑުކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ ދަރިފުޅަށް އަދިވެސް ނަމެއް ކިޔާފައެއް ނުވެއެވެ.

މި ދެމީހުންގެ ގާތް ފަރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ސަރޮގޭޓްކޮށްގެން ލިބުނު އަންހެން ދަރިފުޅަށް ކިޔާނެ ރަނގަޅު ނަމެއް އަދިވެސް އެ ދެމީހުންނަށް ހޯދިފައެއް ނުވެއެވެ. ދަރިފުޅަށް ކިޔަން ފެންނަ ރީތި ނަންނަތައް، މި ދެމީހުންގެ އާއިލާއާއި ގާތް ފަރާތްތަކުން ހުށަހަޅަމުން އަންނައިރު ޕްރިޔަންކާ ބޭނުންވަނީ އިންޑިއާ އާއި އެމެރިކާއާ ވެސް ގުޅޭ ކަހަލަ ނަމެއް ކުއްޖާ އަށް ކިޔުމަށެވެ. އަދި މާ އަވަސް އަރުވާލައިގެން ކުއްޖާއަށް ނަމެއް ކިޔުމެއް ޕްރިޔަންކާ އާއި ނިކް ވެސް ބޭނުން ނުވާކަމަށް މި ދެމީހުންގެ ގާތް ފަރާތަކުން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު މި ދެމީހުންނަށް ދަރިއަކު ލިބުނު ކަން އިއުލާންކުރުމާއެކު ބޮލީވުޑާއި ހޮލީވުޑްގެ ތަރިންގެ އިތުރުން ގިނަ ބަޔަކުވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދުމުން، އެކަމާއި ގުޅިގެން ޕްރިޔަންކާއަށްވެސް ފާޑުކިޔާފައެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ