English Edition
Dhivehi Edition

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އަންހެން ދަރިފުޅުގެ ފޮޓޯ، ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ މަންމަ އިންގެ ދުވަހު ޕްރިޔަންކާ ވަނީ އޭނާ އާއި ފިރިމީހާ ނިކް އަދި ދަރިފުޅު މާލްތީ މާރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯއެއް އާންމުކޮށްފައެވެ. މި ފޮޓޯއިންވެސް މާލްތީގެ މޫނުގައި ހިތެއް ޖަހާފައިވާއިރު، ޕްރިޔަންކާ ވަނީ މި ފޮޓޯ އާއި އެކު އަސަރު ގަދަ މެސެޖެއް ވެސް ދޫކޮށްލާފައެވެ.

ޕްރިޔަންކާގެ މެސެޖްގައި ބުނެފައިވަނީ 100 އަށް ވުރެ ގިނަ ދުވަސް ވަންދެން އެން.އައި.ސީ.ޔޫ ގައި އޮތުމަށްފަހު އެންމެ ފަހުން އެމީހުންގެ ކުޑަ ދަރިފުޅު ގެއަށް އައިސްފައިވާކަމަށެވެ. ” ކޮންމެ އާއިލާއެއްގެ ދަތުރަކީ ވެސް ތަފާތު ދަތުރެއް. އަހަރެމެންގެ މި ދަތުރުގައި ގިނަ ދުވަސްތަކެއް ވަންދެން ބޮޑެތި ގޮންޖެހުންތަކާއި ދިމާވި، އެކަމަކީ އެއިން ކޮންމެ ދުވަހަކީވެސް އެންމެ ރަގަޅު ދުވަސްތައް” ޕްރިޔަންކާ ބުނެފައިވެއެވެ.

މީގެ އިތުރުން ޕްރިޔަންކާވަނީ އޭނާގެ ދަރިފުޅަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ކޮށްދިން ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ޕްރިޔަންކާ އާއި ނިކްގެ ދަރިފުޅު އުފަންވީ، ޖެނުއަރީ މަހުގެ 15 ދުވަހުގެ ރޭ ކެލިފޯނިއާގެ ސެން ޑިއޭގޯގައެވެ. ސަރޮގޭޓް ކޮށްގެން ހޯދި މި ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް, ދަރިފުޅު އުފަންވުމާއި ހަމައަށްވެސް ޕްރިޔަންކާ އާއި ނިކް ހާމަކޮށްފައެއް ނުވެއެވެ.