English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ މަގްބޫލު އަދި އެންމެ ލޯބިން އުޅޭ އެއް ޖޯޑުކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ މި ދުވަސްވަރު އެ ވާހަކަތަކަށް ޕްރިޔަންކާ މި ވަނީ ފިނި ޖަވާބެއް ދީފައެވެ.

މިދިޔަ ހޯމަ ދުވަހު ހަވީރު، ޕްރިޔަންކާގެ އިންސްޓަގްރާމުގައި ޖަހާފަައިވާ ނަމުން ޖޯނަސްގެ ނަން ކަނޑާލުމާއިއެކު މުޅި ސޯޝަަލް މީޑިއާގައި މިވަނީ އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެން ފަށާފައެވެ. މީގެ ކުރިން ނަމުގައި އޭނާ ޖަހާފައި އިންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޮނަސް އެވެ. އެހެންނަމަވެސް މިހާރު އޭނާގެ އިންސްޓަގްރާމްގެ ނަމަކަށް އޮތީ ހަމައެކަނީ ޕްރިޔަންކާ ޗޮޕްރާއެވެ، ޕްރިޔަންކާގެ ނަން ބަދަލުކުރުމާއި ގުޅިގެން އޭނާ އާއި ފިރިމީހާ ނިކް އާއި މައްސަލަޖެހިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ދެ ތަރިންވެސް ވަކި ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާގައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު ނިކް ޓެގްކޮށް ޕްރިޔަންކާ ވަނީ ނިކް ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.