English Edition
Dhivehi Edition
ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ،

ބައި އިލެކްޝަނެއް ނެތަސް ގދ. ކާޑެއްދޫގެ މަސައްކަތް އަވަސް ކޮށްދެވުމަށް، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެދިވަޑައިގެންފިއެވެ.

ފައިހަތު މިހެން ވިދާޅުވެފައިވަނީ ކާޑެއްދޫއަށް އަރާ ފޭބުމަށް ބޭނުންކުރާ މައި ޖެޓީ ވެއްޓި، އެކަމުގެ ސަބަބުން އެ ރަށަށް އަރާ ފައިބާ ފަތުރުވެރިންނާ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރަތްކުރައްވަމުންނެވެ.

މި ގޮތުން ފައިހަތު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކާޑެއްދޫ ޖެޓީ ވެއްޓި ބަޔަކަށް އަނިޔާ ނުލިބުނު ކަމީ ނަސީބެއް ކަމަށެވެ. އަދި އެފަދަ ބޮޑެތި ކަންކަން ހައްލު ކުރުމުގައި ރައްޔިތުންނާއި މެދު ފަރުވާ ކުޑަ ނުކުރުމަށް، ފައިހަތު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ، “މިފަދަ ބޮޑެތި ކަންކަން ހައްލު ކުރުމުގައި ރައްޔިތުންނާއި މެދު ފަރުވާ ކުޑަ ނުކުރުމަށް ރައީސް ސޯލިހުގެ އަރިހުން އެދެން. ބައި އިލެކްޝަނެއް ނެތަސް ކާޑެއްދޫގެ މަސައްކަތް އަވަސް ކޮށްދެވުމަށް އެދެން” ފައިހަތުގެ ޓުވިޓުގައި ވިދާޅުވިއެވެ،

މީގެ ތިރީހަކަށް އަހަރު ކުރިން އެ އެއާޕޯޓް ހުޅުވިއިރު އެޅި ޖެޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ޖެޓީއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އެތަނުގެ ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ދާދި ފަހުން ވަނީ ބަންދުވެސް ކޮށްފައެވެ،