English Edition
Dhivehi Edition

މިފަހަރު މިހާބޮޑަށް ފެތުރެމުންދަނީ ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ފެށުން ކަމަށާށެވެ. އަދި މިފަހަރު މިހާބޮޑަށް ފެތުރެމުންދަނީ ކޮވިޑްގެ އޮމިކްރޮން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.އަފްޒަލް ވިދާޅުވީ މި ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއްކަމަށެވެ،

މީގެ އިތުރުން ޑރ.އަފްޒަލް ވިދާޅުވީ އޮމިކްރޮން ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓަަކަށްވާއިރު، މިއަދު ފެންނަ ވޭދަނާތައް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޑަބަލް ވެގެން ދާނެކަމަށެވެ. އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމުކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ދުވާލަކަށް 9،000 މީހުން ޕޮޒިޓިވްވާނެކަމަށް ލަފާކޮށް ޑރ.އަފްޒަލް ވިދާޅުވީ ކޮވިޑްގެ މި ރާޅުން ސަލާމަތް ވުމަށް ބޫސްޓާ ޑޯޒް ޖެހުން މުހިންމު ކަމަށެވެ. އަދި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް ޑރ.އަފްޒަލް އިލްތިމާޒުކޮށްފައެވެ.