English Edition
Dhivehi Edition

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފުނާޑު، މާނެލް، ޢަބްދުﷲ ފަލާޙް ޝަރީފް މިއަދު ޢައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޏ. އަތޮޅު ކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައިވާ ފަލާހް މި މަގާމަށް އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްކަމަށެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި، ފުވައްމުލައް ސިޓީ ކައުންސިލުގެ ރައީސްގެ މަގާމަށް ވާދަކުރުމަށް، ފަލާހް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕްރައިމެރީ އިން ފެއިލްވުމާއި ގުޅިގެން ފަލާހް އެ މަގާމަށް ވާދަކުރައްވާފައެއް ނުވެއެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 30،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ އަސާސީ މުސާރާއިގެ ގޮތުގައި 20،500ރ. އާއި 15،000ރ. ގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީގައި މިހާރުވެސް ހަތް ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާއިރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 300 އަށް އަރާފައެވެ.