English Edition
Dhivehi Edition
ރައްކާ ރޯޑް ޝޯގެ ކުޑަކުދިންގެ ހަވީރު ފޮޓޯ: ފުލުހުން

ފުވައްމުލަކުގައި ކުރިއަށްދާ ރައްކާ ރޯޑް ޝޯގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހަވީރު ފުވައްމުލަކު ސިޓީ ޒުވާނުން މަރުކަޒު ދަނޑުގައި ބޭއްވި ހަވީރު ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލަކު ސިޓީގެެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީއެވެ. މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުއައްޒަފުންނާއި ފުވައްމުލަކު ސިޓީ ފުލުހުން ގުޅިގެން، ވޯޓަރ ސްލައިޑް އަދި ޕޮލިސް ސައިކަލުގައި ފުލުހުންގެ ޔުނީފޯރމްގައި ފޮޓޯނެގުމުގެ ސްޓޯލެއް ތައްޔާރު ކޮށްފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ ގިނަ ސްޓޯލުތަކަކާއި ފުޑް ސްޓޯލުތަކެއް ބަހައްޓާފައިވެއެވެ.

މިހަވީރަށް ޒިޔާރަތްކުރި ކުދިންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ނަގާފައިވާއިރު، ލަކީ ޑްރޯއިން ހޮވުނު ތިން ކުއްޖަކަށް ޕްލޭޓައިމްސް އަދި ސުވާންކީގެ ފަރާތުން ހަދިޔާ ދީފައިވެއެވެ.

މީގެއިތުރުން މި ހަވީރުގައި ގާއިމްކޮށްފައިވާ މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ޕީޓީއޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގުނު ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް 500 ރުފިޔާގެ ވައުޗަރެއް ހަދިޔާކޮށްފައިވެއެވެ.