English Edition
Dhivehi Edition

އަންނަ އިންތިހާބަކީވެސް ވަގަށް ނުނަގާ އިންތިހާބެއް ކަމުގައިވަންޏާ އެއީ ޕީޕީއެމްގެ އިންތިހާބެއްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، ރައްޔިތުންނާއި ބައްދަލުކުރަވަމުންނެވެ.

މި ގޮތުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބަށް އޮތީ ދޮޅު އަހަރުކަމަށެވެ. އަދި އަންނަ އިންތިހާބަކީވެސް ވަގަށް ނުނަގާ އިންތިހާބެއް ކަމުގައިވަންޏާ އެއީ ޕީޕީއެމްގެ އިންތިހާބެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްއަކީ މި ގައުމުގެ އެންމެ ބިނާ ކުރަނިވި ފިކުރުގެ އަހުލުވެރިން ތިބި ޕާޓީކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިސްލާމް ދީނާއި، ރާއްޖޭގެ ގައުމިއްޔަތާއި އިސްތިގުލާލާއި އަދި ރާއްޖެ ބޭރުގެ އިސްތިއުމާރަކަށް އަޅުވެތި ނުވުމަށް ވަކާލާތުކޮށް މަސައްކަތް ކުރާ ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށެވެ،

ކޮމަންޑޫ ހާއްސަވެގެންދާ ބޮޑުތަކުރުފާނުގެ ޖިހާދަށް ފަހު، އެންމެ ވަރުގަަދައަށް ރާއްޖެ އިސްތިއުމާރުގެ ބާރަކުން، ސަލާމަތް ކުރެެވެން އޮތް ހުރިހާ ގޮތަކުން ސަލާމަތް ކުރަން އޮތް ދަނޑިވަޅު މިހާރު އައިސްފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.