English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަތުމަށް ހުއްދަ ދިނުމަށް ކަރެކްޝަނަލް ސާވިސްގައި އެދިއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ގޭ ބަންދުގައި ހުންނެވިއިރު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވަނީ ރަސްމީކޮށް މަނާކޮށްފައެވެ.

އެހެންނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ޔާމީން ގަވާއިދުން ބައިވެރިވެ ވަޑައިގަންނަވާއިރު މީގެ ކުރިން ކަރެކްޝަންސްއިން ވަނީ ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ކަރެކްޝަންސް އިން މިހެން ބުނެފައިވާއިރު އެމަނިކުފާނުގެ މަޝްވަރާއެކު އުފެއްދި ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން، އިއްޔެ ވަނީ ކަރެކްޝަންސްގައި އެދިފައެވެ.