English Edition
Dhivehi Edition
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކެބިނެޓްގެ ގިނަ ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ވިސްނަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީ މެންބަރުންނާ އެމްޑީޕީ މެންބަރުންގެ މެދުގައި ބަދަލުކުރަމުން ދިޔަ ބަހުގެ ހަމަލާތައް ހޫނުވެ، އެންމެ ފަހުން މަޖިލީހުގެ ތަޅުމުގައި ވަނީ މާރާމާރީވެސް ހިންގާފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ގިނަ މެންބަރުން މިހާރު ނިންމަނީ ގިނަ ވަޒީރުންނަށް ރުހުން ނުދިނުމަށް ކަމަށެވެ. މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމަކީ ފަހުގެ ނިންމުން ނޫންކަން ފާހަގަކުރަމުން ސަލީމް ވިދާޅުވީ ވަޒީރުންނަށް ރުހުންދީ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ. އަދި ކޮމިޓީގެ ނިންމުމަކީ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހު ފާސްކުރި ނިންމުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ވަޒީރުންނަށް ރުހުން އޮތް ތޯ ނުވަތަ ނޫންތޯ މިއަދު ބާއްވާ ޖަލްސާގައި އެގިގެން ދާނެކަމަށެވެ.