English Edition
Dhivehi Edition

ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައި ވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިރައިޒްގެ ފަރާތުން އިންތިޒާމް ކުރާ ސަޓާ އެވޯޑަށް، މިއަހަރު 52 ކެޓަގަރީއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އޮންލައިންކޮށް،މި އެވޯޑަށް ކުރިމަތިލުމަށް ސަޓާ އެވޯޑް ވެބްސައިޓް (www.southasiantravelawards.com)އިން ހުށައެޅޭނެއެވެ.

2021ވަނަ އަހަރު ބާއްވަން ހަމަޖެއްސި ސަޓާ އެވޯޑް ހަފްލާ ކޯވިޑާއި ގުޅިގެން ކެންސަލް ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެވޯޑަށް ކުރިމަތިލީ ފަރާތްތައް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްކޮށްފައެވެ.

މިއަހަރުގެ ސަޓާ އެވޯޑް ރާއްޖެއާއި އަދި ރާއްޖޭގެ ބޭރުގެ 15 ތަނަކުން ވަނީ އެންޑޯޒްކޮށްފައެވެ.