English Edition
Dhivehi Edition

ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސް (ސަޓާ) 2020 އަށް 2 ކެޓަގަރީއަކުން އައްޑޫސިޓީ މަރަދޫފޭދޫގައި ހިންގަމުން އަންނަ ތްރީއެސް ވޭވް ސައުންޑް ނޮމިނޭޓް ވެއްޖެއެވެ.

ވޭވް ސައުންޑް ނޮމިނޭޓް ވެފައިވަނީ ލީޑިންގ ގެސްޓް ހައުސް އާއި ލީޑިން އެކޯފްރެންޑްލީ ސިޓީ ހޮޓެލް ކެޓަގަރީންނެވެ. ވޭވް ސައުންޑަށް ވަނީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ވެސް ލީޑީން އެކޯފްރެންޑްލީ ގެސްޓް ހައުސްގެ އެވޯޑު ލިބިފައެވެ.

ސަޓާ އެވޯޑްސްގެ ނޮމިނޭޝަނަށް މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު ހައިރައިޒުން ބުނީ މި ފަހަރު ސަޓާ އެވޯޑަށް 9 ކެޓަގަރީ އިތުރުކޮށްފައިވާނެ ކަމަށާއި، އެހެންކަމުން އެވޯޑު ހަފުލާގައި ޖުމުލަ 52 އެވޯޑު ދޭނެ ކަމަށެވެ.

ސަޓާ އެވޯޑުގައި މިދިޔަ އަހަރު 500 އަށް ވުރެ ގިނަ ޓްރެވަލް އެންޑް ޓޫރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓުވެފައެވެ. އެގޮތުން ގެސްޓް ހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓުވެފައެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ފަސް ވަނަ އެޑިޝަން ސަޓާ 2020 އަންނަ އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ހައިރައިޒް ކުންފުނިން ވަނީ ބުނެފައެވެ.