English Edition
Dhivehi Edition

ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑަށް އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެއްޖެއެވެ.

މި އެވޯޑަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެފައިވަނީ “ލީޑީން ބުޓިކް ހޮޓެލް” އަދި “ލީޑިން އެއާޕޯޓު ހޮޓެލް” މި ދެ ކެޓަގަރީން ނެވެ.

ކައިމޫ ހޮޓެލްސް އިން އައްޑޫގައި ހިންގާ އީކުއޭޓަރ ވިލެޖް ވަނީ ވިދިވިދިގެން 2 އަހަރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި “ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ” ހާސިލް ކޮށްފައެވެ. މީގެ އިތުރުން 2017 ، 2018 އަދި 2019 ވަނަ އަހަރުވެސް އީކުއޭޓަރ ވިލެޖް ވަނީ “ލީޑިން އެއާޕޯޓް ހޮޓެލް ” އަދި “ލީޑިން ބުޓިކް ހޮޓެލް” މި ދެ ކެޓަގަރީން ސަޓާ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ސަޓާ އެވޯޑަށް އައްޑޫސިޓީން ނޮމިނޭޓުވެފައިވާ ހަމަ އެކަނި ތަނަކީ އީކުއޭޓަރ ވިލެޖެވެ. އެހެންކަމުން އީކުއޭޓަރ ވިލެޖު ނޮމިނޭޓު ވެފައިވާ ކެޓަގަރީން ވޯޓު ދިނުމަކީ އައްޑޫއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ހޯދައި ދިނުމަށް އައްޑޫގެ ރައްޔިތުންނަށް ކުރެވޭނެ މަސައްކަތަކަށް ވެގެންދާނެއެވެ. ކުރަން ޖެހެނީ ކުޑަކުޑަ މަސައްތެކެވެ.

ވޯޓު ދިނުމަށްޓަކައި http://southasiantravelawards.com/vote/ މި ލިންކަށް ފިއްތާލާށެވެ. އަދި ލިންކު ހުޅުވާލުމަށްފަހު އެ ޕޭޖުން އީކުއޭޓަރ ވިލެޖް ގެ ނަން ސާރޗް ކޮށްލައްވާށެވެ. އަދި އީކުއޭޓަރވިލެޖްގެ ނަމުގެ ތިރީގައި އިން “ވޯޓްނައު” ބަޓަނަށް ފިއްތަވާލާށެވެ. އެއަށްފަހު “ވޯޓް ނައު” ގައިވާ ލީޑިން ބުޓިކް ހޮޓެލް އަށް ކްލިކް ކޮށްލައްވާށެވެ. ދެން އީމެއިލް އެޑްރެސް ޖެއްސެވުމަށް ފަހު “ވޯޓް” މި ތަނަށް ފިއްތަވާލާށެވެ.

ދެވަނަ ކެޓަގަރީން ވޯޓު ދެއްވުމަށްވެސް ކުރިން ހެއްދެވި ގޮތަށް “ވޯޓް ނައު” ގައިވާ ލީޑިން އެއާޕޯޓް ހޮޓެލް” އަށް ކްލިކްކޮށްލައްވާ އީމެއިލް އެޑްރެސް ޖައްސަވާލެއްވުމަށްފަހު “ވޯޓް ނައު” އަށް ފިއްތަވާލައްވަވާށެވެ.

ވޯޓު ދެވުނުކަން އަންގައި ދިނުމަށް ވޯޓު ދެއްވީތީ ޝުކުރިއްޔާ” ގެ މެސެޖް އަންނާނެއެވެ.